އަޙްމަދު ޢަބްދުﷲ ސައީދު
ބޭރު ދުނިޔޭގެ މަސްރަހު ދިރާސާކުރައްވާ ފްރީލާންސް ލިޔުންތެރިއެއްގެ ގޮތުގައި، 1995 ވަނަ އަހަރު އާފަތިސް ނޫހުން، ނޫސްވެރިކަމުގެ ދާއިރާއާ ގުޅުނު އަޙްމަދު ޢަބްދުﷲ ސަޢީދަކީ، ސިޔާސީ، އިޖްތިމާއީ، ބޭރު ދުނިޔެ، މެދުއިރުމަތި، ތިމާވެށި، ޞިއްޙީ، ސައެންސް އަދި ދީނީ ދާއިރާ އާއި ފަލަކީ އިލްމާއި ފަލަކީ ހިސާބުގެ ދާއިރާއިން ޚަބަރާއި ރިޕޯޓާއި ފީޗާ އަދި ކޮލަމް ލިޔުއްވައި، ނޫސްވެރިކަމުގެ ރަން ގަލަން ހާސިލު ކުރައްވާފައިވާ ލިޔުންތެރިއެއް އަދި ނޫސްވެރިއެކެވެ. އައްޑުވަސް މަޖައްލާ އާއި އުދަރެސް މަޖައްލާ އުފައްދައި ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވުމުގެ އިތުރުން، "މިއަދު"، "ހަވީރު" އަދި "މިހާރު" ނޫހުގައި އެޑިޓޯރިއަލް ތަފާތު މަގާމުތައް ފުރުއްވާފައިވެއެވެ. ގާނޫނާއި ޝަރީއާއިން ފުރަތަމަ ޑިގްރީ އަދި މާސްޓަ އޮފް ކޮމްޕަރެޓިވް ލޯ ހާސިލުކުރައްވާފައިވާ ސަޢީދަކީ، އިސްލާމިކް މިނިސްޓްރީގެ ފަލަކީ ކޮމިޓީގެ މެމްބަރެކެވެ.
މަގްބޫލު
ބޮޑުވަޒީރުގެ ދަތުރުފުޅު
ސްކޫލް ހުޅުވުން