މިއަދު ރާއްޖޭގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މީހަކު ވޯޓު ލަނީ. ފޮޓޯ: މިހާރު ނޫސް
މިއަދު މުޅި ރާއްޖޭގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުމާއި، އާންމު އިންތިޚާބާއި ރިއާސީ އިންތިހާބުގެ ވޯޓުލުން އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުލުން މިއަދު ހެނދުނުން ފެށިގެން މުޅި ރާއްޖޭގައި ކުރިއަށް އެބަދެއެވެ.
ބައެއް ފޮށިތައް ކައިރީގައި ކުދިކުދި މައްސަލަތައް ޖެހުނު ނަމަވެސް، ހުރިހާ ސަރަހައްދުތަކެއްގައި ވެސް ވޯޓުލުމުގެ ކަންތައް މިހާރު އޮމާންކަމާއެކު ކުރިއަށް އެބަދެއެވެ. މިއަދުގެ މެންދުރާ ހަމައަށް 40 ޕަސެންޓް މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.222222
މިއަދުގެ ވޯޓުލުމުގައި ބައިވެރިވުމުގެ އެންމެ ފަހު ވަގުތެއް ކަމުގައި ކުރިން ކަނޑައަޅާފައި އޮތީ މިއަދުގެ ހަވީރު 4:00 އެވެ. ނަމަވެސް، ހޫނު ގަދަކަމުން ވޯޓުލާން ނުކުތުމުގައި ގިނަ ބަޔަކަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ، ވޯޓުލުން ނިމޭނީ މިއަދު ހަވީރު 5:00 ގައި ކަމަށް ކަނޑައަޅައި އިއުލާންކޮށްފައެވެ.
އީސީން ބުނީ ވަގުތު އިތުރުކުރީ ހޫނުގަދަވެ ވޯޓުލާން އުނދަގޫތަކެއް ކުރިމަތިވުމުން ގިނަ ބަޔަކަށް ފުރުސަތުދިނުމަށް ކަމަށް. މުޅި ރާއްޖެއަށް ވެސް މިއަދަކީ ހޫނުގަދަ ދުވަހެއް ކަމަށް މޫސުމާ ބެހޭ އިދާރާ އިން އޮތީ އިއުލާންކޮށްފައެވެ.
ވޯޓު ކިޔޫ ބަންދުވާން 10 މިނެޓަށް ވެފައިވާ އިރު ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާ މަރުކަޒުތަކުގެ ކިޔޫގައި އެބަތިއްބެވެ. އާބާދީ ކުދި ރަށްތަކުގައި ވޯޓު ފޮށިތައް ދޮށުގައި މާ ގިނަ ބަޔަކު މިހާރު ނެތް ކަމަށް މައުލޫމާތު ލިބެއެވެ.
މިއަދުގެ އިންތިހާބުގައި ހޮވާނީ
ކައުންސިލްތަކަށް: 681 ކައުންސިލަރުން
އަންހެނުންގެ ކޮމިޓީތަކަށް: 681 މެމްބަރުން
އެއީ 2,000 އަށް ވުރެ މަދު އާބާދީތަކަށް 3 ކައުންސިލަރުން
އެއަށް ވުރެ މަތީ އާބާދީތަކަށް 5 ކައުންސިލަރުން
މި ލިޔުން ކިޔާލުމުން
ކޮމެންޓް
ކޮމެންޓެއް ނެތް