ހިޖްރައިން 1447 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވި ބައެއް މީހުން ހައްޖު މަހުގެ 10 ވަނަ ދުވަހު ޖަމްރާތަކަށް ހިލަ އުކުމަށް މިނާގެ ތެރެއިން ޖަމްރާތަކަށް ދަތުރުކުރަނީ. --ފޮޓޯ ރޮއިޓާސް
وَلَوْلَا دَفْعُ ٱللَّـهِ ٱلنَّاسَ بَعْضَهُم بِبَعْضٍ لَّفَسَدَتِ ٱلْأَرْضُ وَلَـٰكِنَّ ٱللَّـهَ ذُو فَضْلٍ عَلَى ٱلْعَـٰلَمِينَ
އީރާންގެ އާންމުންގެ ރުޅިވެރިކަން އިތުރަށް ހޫނުވިއެވެ. ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ދީނީ މީހުންގެ އިތުރުން، ސޯޝަލިސްޓުންނާއި ކޮމިޔުނިސްޓުން ބައިވެރިވެ، ރިޒާގެ.
އީރާންގެ އާންމުންގެ ރުޅިވެރިކަން އިތުރަށް ހޫނުވިއެވެ.
އީރާންގެ އާންމުންގެ ރުޅިވެރިކަން އިތުރަށް ހޫނުވިއެވެ. ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ދީނީ މީހުންގެ އިތުރުން، ސޯޝަލިސްޓުންނާއި ކޮމިޔުނިސްޓުން ބައިވެރިވެ، ރިޒާގެ
dsdsds
މި ޚަބަރާއެކު އީރާންގެ އާންމުންގެ ރުޅިވެރިކަން އިތުރަށް ހޫނުވިއެވެ. ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ދީނީ މީހުންގެ އިތުރުން، ސޯޝަލިސްޓުންނާއި ކޮމިޔުނިސްޓުން ބައިވެރިވެ، ރިޒާގެ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރިއެވެ. ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ ޒިންމާތައް އަދާކުރާނެ ޝާހީ މަޖިލީހެއް އުފައްދަވައި، ސަރުކާރު ހިންގެވުމަށް ބޮޑުވަޒީރެއްގެ ގޮތުގައި، އޭރުގެ އިދިކޮޅު ލީޑަރު ޝާޕޫރް ބަޚްތިޔާރު އައްޔަންކުރެއްވުމަށް ފަހު، ޖަނަވަރީ 16، 1979 ގައި، އީރާންގެ ޝާހް މުހައްމަދު ރިޒާ ޕެހެލަވީ ގައުމު ދޫކުރައްވައި އަމިއްލަފުޅަށް އަރުވައިލެއްވުނެވެ.

ބަޚްތިޔާރަށް ވެރިކަމުގެ ބާރުތައް ލިބިވަޑައިގަތުމާއެކު، ސިޔާސީ ކުށްވެރިންނަށް މައާފް ދެއްވައި، ޚުމައިނީ އެނބުރި ގައުމަށް ވަޑައިގަތުމަށް ދައުވަތު ދެއްވިއެވެ. ފެބްރުއަރީ 1، 1979 ގައި ޚުމައިނީ އެނބުރި ގައުމަށް ވަޑައިގަތުމާއެކު، ވެޓިކަންގައި އޮތް ފަދަ ދައުލަތެއް، އީރާންގެ ގޫމް ސަހަރުގައި ގާއިމުކުރައްވައި، މިނިވަން އިންތިޚާބެއް ބާއްވައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލުމަށް، ބޮޑުވަޒީރު ބަޚްތިޔާރު، ޚުމައިނީ އަށް ހުށަހެޅުއްވިއެވެ. މިނިވަން އިންތިޚާބެއް ބާއްވައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލުމަށް، ބޮޑުވަޒީރު ބަޚްތިޔާރު، ޚުމައިނީ އަށް ހުށަހެޅުއްވިއެވެ.
ނަމަވެސް، އެ ހުށަހެޅުމަށް ދެކޮޅު ހައްދަވައި، އަމިއްލަ ސަރުކާރެއް އިއުލާން ކުރައްވައި، ބަޚްތިޔާރުގެ ސަރުކާރުގައި ބައިވެރި ނުވާނެކަން ޚުމައިނީ އިއުލާން ކުރެއްވިއެވެ. އެއާއެކު، ޚުމައިނިއަށް ވަފާތެރި ހަނގުރާމަވެރިންނާއި، ސިފައިންނާއި ފުލުހުންގެ ތެރެއިން ޚުމައިނީގެ އިންގިލާބަށް ތާއީދުކުރި މީހުން ނުކުމެ، މަގުތަކުގައި ހިނގަމުން ދިޔަ ހަމަނުޖެހުންތައް މައިތިރިކުރިއެވެ.
މި ލިޔުން ކިޔާލުމުން
ކޮމެންޓް
ކޮމެންޓެއް ނެތް