ލަތީފް އަހްމަދު
ޢަބްދުއްލަޠީފް އަޙްމަދް، ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަން ފެށީ، 2000 ވަނަ އަހަރު ނުކުތް އައްޑުވަސް މަޖައްލާ އިންނެވެ. އަދި 2003 ވަނަ އަހަރުން، 2007 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖޭގެ އަޑުގެ ނިވްސްރޫމްގެ އެޑިޓަރ ކަމާއި ޓީވީ މޯލްޑިވްސް ގެ ނިވްސްރޫމްގެ އެޑިޓަރކަން ކުރިއެވެ. އަދި 2000 ވަނަ އަހަރު ނެރެން ފެށި ހަފުތާ މަޖައްލާ، އުދަރެސް އުފެއްދުމުގައި މުހިންމު ދައުރެއް އަދާކޮށް، މަޖައްލާގެ އެޑިޓަރކަން ވެސް ކުރިއެވެ. މީގެ އިތުރުން ޓީވީ މޯލްޑިވްސް އާއި ވީޓީވީގެ ގިނަ ޕްރޮގްރާމްތަކެއް ހުށައަޅާދީފައި ވެއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އާރޓްސް އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަން އަދި މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން މާސް މީޑީއާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައިވާ ލަޠީފް އަހްމަދަކީ، ރިޕޯޓާއި ފީޗާ އަދި ތަހުލީލީ ލިޔުންތައް ލިޔުއްވުމުގައި ފާހަގަކޮށްލެވޭ ނޫސްވެރިއެއް އަދި ލިޔުންތެރިއެކެވެ.
މަގްބޫލު